ޚަބަރު

ޖުމްހޫރީ މައިދާނުން ފެނުނު ފޮށީގައި ނުރައްކާތެރި އެއްޗެއް ނެތް - އެމްއެންޑީއެފް


ޖުމްހޫރީ މައިދާނުން ފެނުނު ގޮތްނޭގޭ ފޮށިން ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ސަރަހައްދުން ފެނިފައިވަނީ ރަތްކުލައިގެ ފޮއްޓެއްކަމަށާއި އެފޮށި ބާއްވާފައިވަނީ ޑަސްބިން ކައިރީގައި ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު މިވަގުތުވަނީ ބަންދުކޮށްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެސަރަހައްދަކީ ރައްޔިތުންގެ ގިނަ ބަޔަކު ޖަމާވާ ސަރަޙައްދެއްކަމުން މިފަދަ އެއްޗެއް ފެނުމުން ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މިފަދަ ތަކެތި ބަލާ ފާސްކުރުމުގައި ސިފައިން ހަރަކާތްތެރިވަނީ ސަލާމަތީ ގޮތުން ސިފައިން ބޭނުންކުރާ ގިޔަރ ބޭނުންކޮށްގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.