އޮފީހެއްގެ ސެކިއުރިޓީ ގާޑަކަށް ހުރި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ ތެެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 46 އަހަރުގެ މީހެއްކަމަށެވެ. އަދި މި މީހަކީ ދިވެއްސެއްކަމަށާއި އެނާ މަރުވެފައި އޮއްވާ ފެނުނީ އެނާ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ސެކިއުރިޓީ ގާޑަކަށް އިންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.