ޚަބަރު

ހދ. ވައިކަރަދޫއަށް މިއަދު ކިނބުލެއް ލައްގައިފި


ހދ.ވައިކަރަދޫއަށް މަރުވެފައި އޮތް ކިނބުލެއް މިއަދު ލައްގައިފިއެވެ.

ގާތްގަޑަކަށް ހަތަރު ފޫޓު ބައިގެ މި ކިނބޫ ލައްގާފައިވަނީ ވައިކަރަދޫގެ އުތުރުފަޅިން އިރުމަތީކޮޅު ގޮނޑުދޮށަށް ކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިކިނބޫ ފެނިފައިވަނީ ރަށުގެ ފުޓްސަލް ދަނޑުގައި މިއަދު ކުޅުނު މެޗް ބަލަންދިޔަ ޒުވާނުން ތަކަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފްގެ އިރުޝާދާއެކު ކައުންސިލްގެ ބެލުމުގެ ދަށުން މިކިނބޫ ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެއެވެ.