ދެފެންދޭތެރެއަށް އަޑިއަށްގޮސްފައިވާ ބޯޓެއް އޮޔާގެންދާތީ، ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
37 ފޫޓުގެ ފައިބަރ މިބޯޓު އޮޔާގެންދަނީ ހއ.ދިއްދޫ އާއި ހއ.ވަށަފަރާ ދޭތެރެއަށް ހުޅަނގުއުތުރަށެވެ.
އެހެންކަމުން މިސަރަޙައްދުން ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.