ޚަބަރު

މައްސަލަތަކުން ފުރިފައި އޮތް، މާލޭގެ މަގުތަކަށް އުއްމީދީ ބޮޑެތި ބަދަލުތަކެއް


މާލޭގެ މަގުތަކަކީ ޒަމާނުންސުރެ މައްސަލަތައް ބޮޑުވެ ހިންގާ ބިންގާވެ އުޅޭ މީހުންނާއި އުޅަނދުތައް ދުއްވާ މީހުންނަށް އެހާ ރައްކާތެރިތަނަކަށް ނުވެއެވެ. މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ފުނިޖެހިފައެވެ. އުޅަނދުތައް ގިނަވެ މަގުތަކުގައި ކާރޫ ބާރު ބޮޑުވެ ހިނގާ މީހުންނަށް ރައްކާތެރި ތަނެއް ނޫނެވެ. ޕާކުކުރާނެ ސަރަހައްދުތައް ނެތި އެތައް މިތަނުގައި ޕާކުކކުރުމ،ުގެ ސަބަބުން ގެއަށް ވަދެނިކުމެ އުޅުމަށް ދަތިވެފައިވާ މަގުތަކަކެވެ. ވާރޭ ވެހިއްޖެނަމ ކަކޫތާ ފެނަށް ފެން ބޮޑުނުވާ މަގެއްވެސް ނެތެއެވެ. މަގުތަކުގެ މަތިން ކުރިން ކަރަންޓް ކޭބަލަ ފެންނަގޮތަށް މީހާރު އެއްވެސް ހަމައެއް ލަމެއެއް ނެތި ފެންނަނީ އެކި ސައިޒުގެ އެސްލޯން ހޮޅިތައް އަޅާ އެއިން ސަލާމަށް ނުވެވިގެން އުޅޭ މަންޒަރެވެ.

ޒަމާނުންސުރެ އޮތް މާލޭގެ މަގުތަކަށް ދިމާވެފައިވާ މި މައްސަލަތަކަށް ހައްލެއް ހޯދާދިނުމަށް ސަރުކާރުން މިވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައެވެ. މިގެ ކުރީގެ އެތައް ސަރުކާރަކުން ހައްލު ގެނެސްދެވިފއިވާ ނުވާ އެތައް މައްސަލަތަކަށް މި މަޝްރޫއުގެ ތެރެއިން ހައްލު އަންނާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ގޮތުން މި މަޝްރޫއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްށް ފިނިކަން ގެނެސްދޭނެ ރޭވުންތެރި މަޝްރޫއަކަށް ވެގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ހުރިހާ މަގެއްވެސް ތާރުއެޅި މަގުތަކަށް

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް މާލޭގެ މަގުތައް ހެދުމަށް އެތައް މިލިއަން ރުފިޔާގެ މަޝްރޫއެއް ފެއްޓިއެވެ، މި މަސައްކަތުގެ ދަށުން ހަމައެކަނި ނިންމާލެވުނީ މަޖީދީމަގުގެ މަސައްކަތައް އެކަނިއެވެ. މަޖީދީމަގުގައި ހުރި ގާތަށް ނަގާ މަގު އެއްވަރުކޮށް އަލުން ގާ އަތުރާ ނިންމާލީ 13 މަސްދުވަހުގެ ތެރޭގައެވެ. އޭރު ބުނަމުންދިޔައީ މާލޭގެ މަގުތަކުގައި ހޮޅިތަކާއި ނަރުތައް ވަޅުލާފައިވާ ގޮތުން މާލޭގެ މަގުތަކުގައި ތާރު އެޅުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ އަލަށް ފެށި މި މަޝްރޫއު ނިމޭއިރު މާލޭގެ ހުރިހާ މަގަެއްގައިވެސް ހުންނާނީ ތާރު އަޅާ ނިމިފައިކަމަށެވެ. މަޝްރޫއު ފަށާއިރު ރައްޔިތުންނަށް ޔަގީންކަންދިނުމަށް މަގުތަކުގައި ގާއެތުރި ނަމަވެސް މަޝްރޫއު ނިންމާއިރު މާލޭގެ މަގުތައް ތާރު އެޅި މަގުތަކަށް ބަދަލުވެގެންދާނެކަމަށެެވެ. އަދި އިރުއިރުކޮޅާ މަލޭގެ މަގުތައް އެތަން މިތަން ކޮނެ އެކަމުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަންވެސް މޭޔަރ ސިފާ ފާހަގަކުރެއްވިއެވެ.

މަގުތަކަށް އަންނަނީ ކޮން ބަދަލެއް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫއުގެ ދަށުން މާލޭގައި ޖުމްލަކޮށް 18 ކިލޯ މީޓަރުގެ މަގުތައް ހެދޭނެއެވެ. މި ބަދަލާއި އެކު މާލޭގެ ހުރިހާ މަގެއް ފަސް ގިންތިއަކަށް ބަހާލެވޭނެއެވެ. ހަމައެއާއި އެކު މާލޭގަ މަގުތަަކަކީ ފެހި ތަނަވަސްތަނަކަށް ވެގެންދާނެކަމަށް ސިޓީން ކައުންސިލުން ވިދާޅުވެއެވެ. މި އާއެކު ބަރު އުޅަދުތަަކަށް ހާއްސަ މަގުތަކާއި ހަތަރު ފުރޮޅު ލީ އުޅަނދުތަކަށް ހާއްސަ މަގުތަކާއި ބައިސްކަލާއި ސައިކަލަށް ހާއްސަ މަގުތަކުގެ އިތުރުން ހަމައެކަނި ފައިމަގުގައި އުޅެވޭނެ މަގުތައް ހުންނާނަކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގއިތުން މަގުތައް އަލިކުރުމާއި ކެމެރާ ހަރުކުރުމުގެ އިތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ކިހާ ބޮޑު މަޝްރޫއެއް

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން ( އާރުޑީސީ ) އާއެވެ. މަޝްރުޢުގެ ޖުމްލަ އަގަކީ 462 މިލިއަން ރުފިޔާއެވެ. މި މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 2 އަހަރާއި ހަމަސްދުވަހުގެ ތރޭގައި ނިންމާގޮތަށެވެ. މަޝްރޫއުގެ ފުރަތަމަ މަސައްކަތް ފަށާފައި މިވަނީ އެންމެ ބޮޑަށް ހަލާކުވެފައިވާ އެއް މަގުކަމަށްވާ ކަނބާއއިސާރަނި މަގުންނެވެ. މި މަގާއި އެކު އެ މަގާއި އެމަގާއި ގުޅިފައިވާ ބައެއް މަގުތަކުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ.

ޕާކުކުރުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ހާއްސަ ރޫޓްތައް


މާލެއަށް ދިމާވެފައިވާ ޕާކުކުރުމުގެ މައްސަލަައަށް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް ވަނީ ބޮޑެތި ލުއިތަކެއް ގެނެސްދީފައެވެ. މިގޮތުން މާލޭގައި އެންމެ ކާރޫބާރު ބޮޑުވާ ސަރަހައްދުތައް ބަލާ އެ ސަރަހައްދުތަކުގައި ޕާކިން އޭރިއާތައް ހަދާ މަގުތަކަށްވަނީ ލުއިކަން އައިސްފައެވެ. އަލަށް ފެށި މި މަޝްރޫއުގައިވެސް ޕާކިންނަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެއިތުރުން މި މަޝްރޫއާއި އެކު މާލޭގައި ޕަބްލިކް ޓްރާންސްޕޯޓަށްވެސް ބަދަލުތަކެއް އަންނާނެއެވެ.

މޭޔަރ ސިފާ ވިދާޅުވީ މަގުތަކުގައި މަސައްކަތްކުރިޔަށްދާއިރު ހަނި މަގުތަކުގައި ދުވާރެއް ހެދުން ހިމެނިފައިވާނެއެވެ. އަދި ކޮންމެ ގެއަކާއި ތިން މީޓަރެއްހާ ކައިރިން ބަސް ސްޓޮޕްތަކަށް ދެވޭނެއެވެ. އަދި ސްކޫލް ދަރިވަރުންނާއި އާއްމުންނަށް ހާއްސަ ބަސްރޫޓްތައް ހުންނާނެކަމަށް ވެސް ސިފާ ވިދާޅުވިއެވެ.

ޑީވޯޓަރިން ހޮޅިތައް މަގުގެ އަޑިއަށް

އަލަށް ފެށި މި ޝަރޫއު ނިމޭއިރު އެންމެ ބޮޑު ހައްލެއް ލިބިގެންދާނެ އެއްކަމެއްކަމަށް ސިޓީ ކައުންސިލުން ސިފަކުރައްވަނީ މާލެ އަށް ދިމާވާ ފެން ބޮޑުވުމުގެ މައްސަލައެވެ. ޒަމާނުންސުރެ އޮތް މި މައްސަލައެއް މިހާތަނަށް ހައްލެއް ލިބަިފައެއްނުވެއެވެ. މިދިޔަ ސަރުކާރުންވެސް މިކަމަށް މަގުތަކަށް ބައެއް ބަދަލުތައް ގެނައިނަމަވެސް މިއަދާއި ހަމައަށްވެސް މިކަމަށް ހައްލެއް އައިސް ފައެއް ނުވެއެވެ.

އިމާރާތްކުރުމަށް ޑީވޯޓަރިންނާއި ކޭބަލްތައް ވަޅުލުމަށްވެސް މި މަޝްރޫއު ބަދަލުތަކެއް އަންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން މަގުތައް އަލުން ތަރައްގީކުރާނީ ޑީވޯޓަރިން ހޮޅިތަކާއި މުއާސަލާތީ ހިދުމަތާއި ފެނާއި ނަރުދަމާގެ މަގުތަކުގެ ދަށުން އެންމެ އެކަށޭނެ ގޮތަށް ޤާއިމުކުރެވިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެއިތުރުން އަލިފާނުގެ ނުރައްކާތެރި ހދިސާތަކުން ސަލާމަތްވެ ރައްކާތެރިވުމަށް ފަޔަރ ހައިޑްރަންޓްގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭ ސްޓްރީޓް ކޭޕިން މަޝްރޫއަކީ މާލެއަށް ޖަޒީރާ ރާއްޖޭގެ ސިފަތައް ގެނެސްދޭނެ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހަދައި ދޭނެ މަޝްރޫއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.