ދ.މީދޫގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި އުމުރުން 83 އަހަރުގެ މީހަކު މެންދުރު ނަމާދަށްދިޔުމަށްފަހުން އެނބުރި ނައިސްގެން މިއަދު 1.30 ހާއިރު ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މިމީހާ ފެނިފައިވަނީ ހޯދަމުންދަނިކޮށް މޫދުގައި އޮތްވާ ކަމަށާއި، އެމީހާ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.