ޚަބަރު

ޒުހާގެ ގާތިލް 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި


މީގެ ހަތަރު އަހަރު ކުރިން މަރާލި ޙައްވާ ޒުހާގެ ގާތިލް 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި މިއަދު ހުކުމް ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮމޮން މިއާގެ މައްޗަށެވެ. ޒުހާ މަރާލާފައި އޮއްވާ ފެނުނީ 2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ހަވަނަދުވަހުގެރޭ ދަންވަރު، ގަލޮޅު ދޫހިމެރިމަގުގެ ގޯޅިއެއްގެ ތެރޭގައެވެ.

ޒުހާގެ ގާތިލްގެ މައްޗަށް މަރަށް މަރު ހިފަން ބޭނުންވޭތޯ ވާރިސުންގެ ގާތުގައި އެހުމުން ޒުހާގެ މަންމަ ވަނީ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. ކޯޓުން ހުކުމްކޮށްފައިވަނީ ޒުހާގެ މަރުގެ ދިޔައިގެ ގޮތުގައި އެއްލައްކަ ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަސް ދުވަހު ރޯދަ ހިފުމަށެވެ.