ގެއެއްގެ 7 ވަނަ ފަންގިފިލާގެ ވައިގޮޅިއަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހެންވޭރު ގެއެއްގެ 7 ވަނަ ފަންގިފިލާގެ ވައިގޮޅިއަކުން ވެއްޓި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ މީހަކަށް ކަމަށެވެ. އެމީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގައި އަނިޔާވި މީހާގެ ގައިގެ ބައެއް ތަންތަން މަށައިގެންދިއުމާއި ދޫ ކަނޑައިގެން ދިއުން ފިޔަވައި ބޭރުފުށުން އިތުރު އަނިޔާއެއް ވެފައިނުވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އޭނާ ވެއްޓިފައިވަނީ އިމާރާތުގައި ކުރަމުންދިޔަ މަސައްކަތެއްގައި ބޭނުންކުރި "ބޮސުން ޗެއަރ"ގެ ވާގަނޑެއް ކަނޑައިގެންދިއުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަޅާފައިވާ ޝީޓާ ހަމައަށް ވެއްޓުނު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.