ކުޅިވަރު

ވެޓަރެންސްކަޕްގެ ޗެމްޕިއަންކަން ވެލެންސިޔާ ހޯދައިިފި


މައިލޯ ރަމަޟާން ވެޓަރެންސް ކަޕްގެ ޗެމްޕިއަންކަން
ކްލަބް ވެލެންސިޔާ ހޯދައިފިއެވެ. ވެލެންސިޔާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސޮކަރ
ވެޓަރެންސް އެސޯސިއޭޝަންގެ ޓީމާއި ވާދަކޮށް ތިނެއް އެކަކުން ކުރި ހޯދައިގެންނެވެ.

 މެޗުގައި ވެލެންސިޔާގެ ތިން ލަނޑު ޖެހީ އަހުމަދު ނަސީމް، އަޝްރަފް ލުޠުފީ އަދި
މުޚުޠާރު ނަސީރެވެ. ސޮކަރ ވެޓަރެންސްގެ ލަނޑު ޖެހީ މުޙައްމަދު ނިޒާމްއެވެ. ފައިނަލް
މެޗުގެ މޮޅު ކުޅުންތެރިއަކަށާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޚުޠާރު
ނަސީރެވެ.

އެންމެ މޮޅު ގޯލް ކީޕަރަކީ ވެލެންސިޔާގެ އަސްލަމް އަބުދުއްރަހީމްއެވެ. އެންމެ މޮޅު
ޑިފެންސް ކުޅުންތެރިއަކީ ވެލެންސިޔާގެ މުޙައްމަދު ޖަމީލްއެވެ. އެންމެ މޮޅު
މިޑްފީލްޑަރަކީ ވެލެންސިޔާގެ އަސްއަދު އަބުދުލްޣަނީއެވެ. އެންމެ ގިނަ ގޯލް ޖެހި
ކުޅުންތެރިއަކަށާއި އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ސޮކަރ ވެޓަރެންސް
އެސޯސިއޭޝަންގެ އަލީ ޝަމީމްއެވެ. ފެއަރޕްލޭ ޓީމަކީވެސް ޗެމްޕިއަން ވެލެންސިޔާއެވެ

މުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީވެސް ކްލަބް ވެލެންސިޔާއެވެ.