ވިޔަފާރި

މިދިޔަމަސް ނިމުނުއިރު ރިޒާވްގައި 685 މިލިއަން ރުފިޔާ


ޖެނުއަރީމަސް ނިމުނުއިރު އެެމްއެމްއޭގެ ރިޒާވް 685 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު އެމްއެމްއޭގެ ރިޒާވްގައި ހުރީ 685 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަސް ނިމުނުއިރު ރިޒާވްގައި ހުރި 677 މިލިއަން ރުފިޔާއާ އަޅާބަލާއިރު 1.2 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 818 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް 1 ބިލިއަން ޑޮލަރަށް އިތުރުކުރުމެވެ.