ގދ ފިޔޯރީން ފުރައިގެން އައްޑީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން ގޯދަމުން ދިޔަ ލޯންޗު ފެނިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހަތަރު މީހުންނާއި އެކު ދަތުރުކުރި މި ލޯންޗު ފެނިފައިވަނީ ފަތިހު 4 ޖަހާއެހާކަންހާއިރުކަމަށެވެ. އަދި ލޯންޗު ފެނުނު އިރު ލޯންޗުން ދަތުރުކުރި ހަތަރު މީހުންގެ ހާލުވެސް ރަގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ހަތަރު މީހުނާއެކު ގދ.ފިޔޯރީން ފުރައިގެން އައްޑޫ ސިޓީ ހިތަދޫއަށް ދަތުރުކުރި "މިހޯ ޕެލެސް" ނަމަކަށް ކިޔާ މި ލޯންޗު ފެނިފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ އުތުރުން 15 މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި ލޯންޗު މިރޭ ފަތިހު 05:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ވަނީ ގެންގޮސްފައެވެ.
އިއްޔެ ހަވީރު 16:30 ހާއިރު މި ލޯންޗު ގދ.ފިޔޯރީން ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:33 ހާއިރުއެވެ.