ގޮވާތަކެއްޗާއި އެކު ސިފައިންގެ ތަމްރީނުތަކެއް ހިންގުމަށް ތައްޔާރުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ތަމްރީނުތައް ކުރިޔަށް ދާނީ މާލެ، ހުޅުމާލެ އަދި ހުޅުލޭގައިކަމަށެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިޔަށްދާ މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ތަމުރީނަކީ ސިފައިނަށް ކުރިޔަށް ގެންދާ ބޮމް އެންޑް އިމްފްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިން އެޑްވާންސް ކޯހުގައި ފަހު އެކްސަސައިޒްކަމަށެވެ.
މި ތަމްރީނު ތަކުގައި ގޮވާ ޒާތުގެ ބައެއް ތަކެތި ބޭނުންކުރަމުން ގެންދާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.