ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ސިފާވެސް ވީ ބަލި، މޭޔަރުކަމުގެ ޓިކެޓް އަނަސްއަށް!


އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީން މާލެ ސިޓީގެ މިހާރުގެ މޭޔަރު ސިފާ މުޙައްމަދު ބަލިކުރައްވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަަނަސް ޢަބްދުއްސައްތާރު ކުރި ހޯއްދަވައިފިއެވެ.

މިހާތަނަށް ޢާންމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު އަނަސް އުޅުއްވަނީ އެހެން ކެނޑިޑޭޓުންނަށްވުރެ ކުރީގައެވެ. އެމްޑީޕީ ޕްރައިމަރީގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެގައި ހުންނެވި ހަމައެކަނި އަންހެން ކެނޑިޑޭޓް ސިފާ ވަނީ މިހާރު ހިނގަމުންދާ ދައުރާއެކީ ދެ ދައުރު ފުރިހަމަކުރައްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާލޭ ސިޓީގެ ޓިކެޓް ހޯދުމަށް ހަތް ބޭފުޅަކު ވާދަކުރެއްވިއެވެ. ޕްރައިމަރީގެ ބައެއް ވޯޓް ފޮށި އަދިވެސް ގުނާ ނިމިފައި ނުވިނަމަވެސް އެހެން ކެނޑިޑޭޓުންނަށްވުރެ ބޮޑުތަނުން އަނަސް ކުރި ހޯއްދަވާފައިވާތީ ނަތީޖާއަށް ބަދަލު އަންނާނެކަމަކަށް ނަތީޖާ ނުދައްކައެވެ.