އިންޑިއާއާއި ފިލިޕީންސް އިން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ފެނިއްޖެއެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް އިންޑިއާ އިން ފެނުކަން އެޤައުމުގެ ރަސްމީ ފަރާތްތަކުން ހާމަކުރެއްވީ މިއަދުއެވެ. ވައިރަސް ފެނުނީ އިންޑިއާގެ ދަރިވަރެއްގެ ގައިންނެވެ. އެއީ ޗައިނާގެ ވޫހާން ސިޓީގައި ކިޔަވަން އުޅުމަށްފަހު އެނބުރި އައިސް ކެރެލާގައި އުޅުނު ދަރިވަރެކަމަށް އިންޑިއާގެ ރަސްމީ އިދާރާތަކުން ވިދާޅުވެއެވެ.
މި ދަރިވަރު މިހަރު ހޮސްޕިޓަލްގައި ކަރަންޓީނުކޮށް ފަރުވާ ދެމުންދާ ކަމަށާ، އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ޙަވާލާފީ ޚަބަރުތައް ބުނެއެވެ.
އިންޑިއާގެ އިތުރުން ފިލިޕީންސްއިންވެސް ވަނީ ކޮރޯނާ ވައިރަސް ފެނިފައިކަމަށް ޚަބަރުތައް ބުނެއެވެ. އެޤައުމުން މިވައިރަސް ފެނުނީ ޢުމުރުން ތިރީސް އަށް އަހަރުގެ ޗައިނާ އަންހެނެއްގެ ގައިންނެވެ. މިމީހާއަކީ ޖެނުއަރީ މަހުގެ 21ވަނަ ދުވަހު ޗައިނާގެ ވޫހާންސިޓީން ފިލިޕީންސްއަށް އައި މީހެއްކަމަށް ފިލިޕީންސްގެ ހެލްތް ސެކްރެޓަރީ ވިދާޅުވެފައިވެއެވެ.