ކުޅިވަރު

އައި.އޯ.އައި.ޖީއަށް ސަރުކާރުން 12 މިލިއަން ރުފިޔާގެ ބަޖެޓެއް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ސަރުކާރު
ބާރަ މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ. ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު
ޘުހޫރު ވިދާޅުވީ ކުރިން ކަނޑައެޅި ދިހަ މިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއަށް
އިތުރު ދެ މިލިއަން ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
ނިންމަވާފައިވާކަމަށެވެ. 

ވަޒީރު ވިދާޅުވީ ދުއިސައްތައަށްވުރެ ގިނަ އެތްލީޓުން ބޮޑު
ގޭމްސްއަކަށްދާއިރު ސަރުކާރުން އުއްމީދުކުރައްވަނީ މެޑަލްތަކެއް ލިބުކަމަށާއި،
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ބަޔަކަށް ދިވެހި އެތްލީޓުން ވުންކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށްވެސް ފައިދާކުރާނެކަމަށާއި، ބޮޑު ބަޖެޓެއް
ކަނޑައެޅީވެސް އެސަބަބުތަކަށްޓަކައި ކަމަށް ވަޒީރު ވިދާޅުވިއެވެ.



އަންމަ މަހުގެ އެކަކުން ދިހަޔަކަށް ރީޔޫނިއަންގައި
އޮންނަ ގޭމްސްއަށް ރާއްޖެއިން ދުއިސައްތަ ހަތްދިހަ ދެ މީހުންގެ ހިމެނޭ
ކޮންޓިންޖެންޓެއްދާނެއެވެ. ގޭމްސްއަށް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވަނީ ޖުމްލަ
ސޯޅަ ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާއެވެ. އަދި މަދުވެގެން ނުވަ މެޑެލް ހޯދުމަށް
ވަނީ އަމާޒުކޮށްފައެވެ.