ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެމްބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރެއްގެ މަޤާމު ހުސްވެފައި ވާތީ، އެ ޓްރައިބިއުނަލަށް ޤާނޫނީ ދާއިރާގެ މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ބޭފުޅުންނަށް މިއަދުން ފެށިގެން 2 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ފުރުޞަތު އޮންނާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.