ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ޕީ.އެސް.އެމްގެ ޗެނަލްތަކުން ވަގުތު ގަތުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވާ ފަރާތްތަކަށް ޕީ.އެސް.އެމްގެ އެކި ޗެނަލްތަކުން 30 ސިކުންތުގެ ސްލޮޓް އަދި ސިޔާސީ ޕާޓީތަކަށް 12 މިނެޓުގެ ސްލޮޓް ގަތުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސްލޮޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޓީވީއެމް، ޕީ.އެސް.އެމް ނިއުސް، ޔެސް ޓީވީ، ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފް.އެމް އިންނެވެ.
ޓީވީއެމް:
- އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް:
30 ސިކުންތުގެ ސްލޮޓެއް ނޮން ޕްރައިމް ޓައިމްގައި ދެއްކުމަށް 318 ރުފިޔާ،
ޕްރައިމް ޓައިމް ޕްލަސްގައި ދެއްކުމަށް 424 ރުފިޔާ
ޕްރައިމް ޓައިމްގައި ދެއްކުމަށް 381 ރުފިޔާ
- ސިޔާސީ ޕާޓީތަކަށް:
12 މިނެޓުގެ ސްލޮޓެއް ދެއްކުމަށް 4070.40 ރުފިޔާ.
ޕީ.އެސް.އެމް ނިއުސް:
- އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް:
30 ސިކުންތުގެ ސްލޮޓެއް ނޮން ޕްރައިމް ޓައިމްގައި ދެއްކުމަށް 318 ރުފިޔާ،
ޕްރައިމް ޓައިމްގައި ދެއްކުމަށް 381.60 ރުފިޔާ
- ސިޔާސީ ޕާޓީތަކަށް:
12 މިނެޓުގެ ސްލޮޓެއް ދެއްކުމަށް 3459.84 ރުފިޔާ
ޔެސް ޓީވީ:
- އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް:
30 ސިކުންތުގެ ސްލޮޓެއް ނޮން ޕްރައިމް ޓައިމްގައި ދެއްކުމަށް 159 ރުފިޔާ،
ޕްރައިމްޓައިމްގައި ދެއްކުމަށް 190.80 ރުފިޔާ
- ސިޔާސީ ޕާޓީތަކަށް:
12 މިނެޓުގެ ސްލޮޓެއް ދެއްކުމަށް 2035.20 ރުފިޔާ
ދިވެހިރާއްޖޭގެ އަޑު:
- އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް:
30 ސިކުންތުގެ ސްލޮޓެއް ނޮން ޕްރައިމް ޓައިމްގައި ދެއްކުމަށް 118.72 ރުފިޔާ،
ޕްރައިމްޓައިމްގައި ދެއްކުމަށް 144.16 ރުފިޔާ
- ސިޔާސީ ޕާޓީތަކަށް:
12 މިނެޓުގެ ސްލޮޓެއް ދެއްކުމަށް 814.08 ރުފިޔާ
ދިވެހި އެފް.އެމް :
- އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް:
30 ސިކުންތުގެ ސްލޮޓެއް ނޮން ޕްރައިމް ޓައިމްގައި ދެއްކުމަށް 59.36 ރުފިޔާ،
ޕްރައިމްޓައިމްގައި ދެއްކުމަށް 76.32 ރުފިޔާ
- ސިޔާސީ ޕާޓީތަކަށް:
12 މިނެޓުގެ ސްލޮޓެއް ދެއްކުމަށް 407.04 ރުފިޔާ.
ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތު ގަންނަ ފަރާތްތަކުން ލައިވް ކުރަން ބޭނުންވާ ޙަރަކާތްތަކާއި ރެކޯޑިން ހަދާ ޙަރަކާތްތަކުގެ ސެޓަޕް ފީ އާއި މާލެއިން ބޭރުގައި ބާއްވާ ޙަރަކާތްތަކަށް ދާ ކުރޫގެ ދަތުރު ޚަރަދާއި ހުރުމާއި ކެއުންފަދަ ޚަރަދުތައް ބަލަހައްޓަން ޖެހޭނީ އެ ވަގުތެއް ގަނެފައިވާ ފަރާތުންނެވެ.
ޕްރައިމަރީތަކާއި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ޕީއެސްއެމްގެ ޗެނަލްތަކުން ފުރުޞަތު ހުޅުވާލާ ސްލޮޓުތައް ދޫކުރެވޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅައި ކޮންފަރމޭޝަން ޕްރޮސެސް ފުރިހަމަކުރާ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ. ސްލޮޓުތަކުގެ ވަގުތާއި އަގުގެ ތަފްސީލާއި ޗެނަލްތަކުން ދިނުމަށް ކަނޑައަޅާފައިވާ ވަގުތައް އެދުމަށް ހުށަހަޅާ ފޯމް ޕީއެސްއެމްގެ ވެބްސައިޓުން ބަލާލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޕީއެސްއެމްގެ ޗެނަލްތަކުން ކެނޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ދޫކުރާ ވަގުތުތަކުގައި ގެނެސްދޭ ކޮންޓެންޓަށް ޒިންމާވާނީ އެ ވަގުތެއް ގަނެފައިވާ ފަރާތުންނެވެ.