ޚަބަރު

ބުރުނީ ގެއެއްގެ ތެރެއިން ސިހުރު ހަދާ ފޮއްތަކެއް


ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް ތ ބުރިނީ ގެއަކުން ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ ތ ބުރުުނީ ގެއެއްގެ ތެރޭގައި ސިހުރު ހާހޫރަ ހަދާ އެކަމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ފޮތްތައް ހުރިކަމުގެ މައުލޫމާތު ލިބުމުން ކޯޓް އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރިކަމަށެވެ. މިގެ ބަލާ ފާސްކުރި އިރު ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ފޮތްތަކެއް އެގޭގެ ތެރެއިން ފެނިފައިވާކަމަށާއި އެފޮތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުން މިފަދަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް އަންނަނީ ގެންނަމުންނެވެ.