މ.ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީވެ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާށްކުރައްވައިފިއެވެ.
ބަންޑުން ޖަހާލާފައިވާ މި ބޯޓް އޮޔާދަނީ ތ.އަތޮޅާއި ދ.އަތޮޅާ ދޭތެރެއިންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެހެންކަމުން، ރޭގަނޑު އެސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ.
މ.އަތޮޅު މެދުފުށި ރިސޯޓުގެ ފުއްޓަރު ފަރާތަށް ބަންޑުން ޖަހާލާފައި އޮތް ބޯޓެއް ފެނިގެން މިމަހުގެ 19 ވަނަދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އެ ބޯޓު އޮތް ސަރަހައްދުން އެއްވެސް މީހަކު ފެންނަން ނެތްކަމަށާއި އެ ބޯޓަކީ ލަންކާގެ މަސްބޯޓެއްކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އޮޔާދަނީ މި ބޯޓްކަމެއް ނުވަތަ އެހެން ބޯޓެއް ކަމެއް އެމްއެންޑީއެފަކުން ވިދާޅެއްނުވެއެވެ.