ޚަބަރު

އެއް އާއިލާއެއްގެ 4 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ޖެންޑާއިން މަސައްކަތް ކުރަނީ


މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ 4 ކުއްޖަކު ދައުލަތަށް ނެގުމަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ހުރަސް އަޅަމުންދާކަމުގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާމިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް މަސައްކަތް ކުރަމުން ދަނީ އެކުދިން ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ ކަމަށް ސޯޝަލް ސާވިސްގެ އެސެސްމެންޓްތަކުގައި ފާހަގަކޮށްފައި ވާތީ ކަމަށެވެ،

އަދި މިއަދު އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ޖެންޑަރ މިނިސްޓްރީން މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން އަންނަނީ ހުރަސްއަޅަމުންކަމުގައި ޖެންޑާއިން ވަނީ ވިދާޅުވެފައެވެ.

18 އަހަރުން ދަށުގެ މި 4 ކުދިންނަކީ، އެކުދިންގެ ހާލަތު ޖެންޑާއިން ބަލައި މޮނީޓަރކުރަމުން އައި ކުދިން ކަމުގައި އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.