ޚަބަރު

ހުޅުމާލެ ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ


ބުރާސްފަތި ދުވަހު ހިމަބިއްސަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި ދެމީހުންގެ ތެރޭގައި ހުޅުމާލެ ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމެނޭކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމަބިއްސަށް ޕޮޒޮޓިވްކަން ހާމަކުރުރެއްވުމުގެ، އިތުރުން އެޗްޕީއޭއިން ވިދާޅުވީ، އެ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރަކު މީސްލްސްގެ ވެކްސިންގ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބަލިޖެހިފައިވާ މީހަކު ފެނުމުން، މިހާރުވެސް އެސަރަހައްދެއްގައި އަމަލު ކުރަމުންދާ ގޮތަށް، މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި، ވެކްސިން ފުރިހަހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭ ކަމަށެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަލުން ފެތުރެން ފެށިފަހުން މިހާތަނަށް 6 މީހަކަށް އެބަލި ވަނީ ޖެހިފައެވެ. އަދި އޭގެ ތެރޭގައި ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމެނޭ އިރު، އެސްކޫލަކީ 1500އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންގެންދާ، ދެދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށްގެންދާ ސްކޫލެކެވެ.