ޚަބަރު

އައިޖީއެމްއެޗަށް ގެންގޮސްފައިހުއްޓައި ފިލި ޤައިދީ ހައްޔަރުކޮށްފި


ހެލްތް ސްކްރީނިން ހެދުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިހުއްޓައި ފިލި ޤައިދީ ހޯދައި ހައްޔަރުކޮށްފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ހެލްތް ސްކްރީނިންގ ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިހުއްޓާ ފިލީ ގދ. ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ކަމަށެވެ. އޭނާ ހޯދައި ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 14:10 ހާއިރުގައި ކަމަށް މޯލްޑިވުސް ކަރެކްޝަނަލް ސާވިސާސްއިން ވިދާޅުވެފައި ވެއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށާއި، އޭނާ މިހާރު ހުރީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އައިޖީއެމްއެޗަށް ހެލްތް ސްކްރީނިން ހެދުމަށް ގެންގޮސްފައި ހުއްޓައި އައިސަރު ނަސީމް ފިލާފައި ވަނީ މިއަދު ހެނދުނު 8:24 ހާއިރުގައެވެ.