ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވާނޭ ކަމަށް ލަފާކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުން ނ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދުގައި މިރޭ މެންދަމު ތިނެކާ ހަމައަށް ގަޑިއަކު ތޭވީސް މޭލާއި ނަވާވީސް މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެއެވެ.
މޫސުމާބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތުން ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވެއެވެ.
އަދި އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައިވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިންވަނީ އެދިވަޑައިގެންފައި.