ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރ އަބްދުއްﷲ އަމީން އިސްތިއުފާ ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ މިނިސްޓަރގެ މަޤާމުގައި ހުންނެވި އަބްދުއްﷲ އަމީން މަޤާމުން އިސްތިއުފާ
ދެއްވައިފިއެވެ.

އަމީން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުންވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެގެވަގުތެއްގައި މިނިސްޓަރ އަމީން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާކަމަށެވެ. ނަމަވެސް އިސްތިއުފާދެއްވި ވަކި ސަބަބެއް އިސްތިއުފާގެ ސިޓީގައި ހާމަކުރައްވާފައި ނުވާކަމަށްވެސް މުއާޒް ވިދާޅުވެފައިވެއެވެ.

އަބްދުއްﷲ އަމީން ވަނީ މީގެ ކުރިން
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަންވެސް ކުރައްވާފައެވެ.