ގާސިމް މަރާލި މައްސަލައިގެ ތަހްގީގަށް 15 ދުވަސް ޕީޖީ އިތުރުކޮށްދީފިއެވެ.
ގާސިމް މަރާލި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި އަަދުހަމްގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 15 ދުވަސް މާދަމާ ހަމާވާއިރު އެއާއެކު އޭނާ ބަންދުގައި ހުންނަތާ 30 ދުވަސް ހަމަވާނެ އެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ތަހުގީގަށް 30 ދުވަހަށް ވުރެ އިތުރަށް މީހަކު ބަންދަކު ނުބެހެއްޓޭނެ އެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ތަހުޤީގަށް 30 ދުވަހަށް ވުރެ އިތުރަށް މީހަކު ބަންދުގައި ނުބެހެއްޓޭނެ އެވެ. މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ދައުވާ ކުރަން ޖެހެ އެވެ.
ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ ހުއްދަ އާއި އެކު ތަހުޤީޤުގެ މުއްދަތު އިތުރު ކުރެވިދާނެ އެވެ. އަދުހަމް ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރުމަށް މުއްދަތު އިތުރުކޮށްފައިވަނީ އެ ގޮތުގެ މަތިންނެވެ.
އަދުހަމް ވަނީ ގާސިމްގެ މަރާލި ކަމަށް ބުނެ ކުށަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް އޭގެ އިތުރު ހެކި ހޯދަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްވެސް ވަނީ ވިދާޅުވެފައި އެވެ.
ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
އޭނާއަށް ޙަމަލާދީފައި ވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.
ޤާސިމް ހަސަނަކީ ހުޅުމާލޭގެ ތާރީޚުގައި އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި 2 ވަނަ މީހާއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ 2017 ވަނަ އަހަރު، ގާސިމްއަށް ޙަމަލާދިން ސަރަޙައްދުންނެވެ