ޚަބަރު

ބޯޓެއް ބަންޑުންޖަހާލާފައި އޮއްވާ ފެނިގެން ފުލުހުން ޙަރަކާތްތެރިވަނީ


މ.އަތޮޅު މެދުފުށި ރިސޯޓުގެ ފުއްޓަރު ފަރާތަށް ބޯޓެއް ބަންޑުންޖަހާލާފައިއޮއްވާ ފެނިއްޖެއެވެ.

އެ ބޯޓު އޮތް ސަރަހައްދުން އެއްވެސް މީހަކު ފެންނަން ނެތްކަމަށާ އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ޙަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މި ބޯޓަކީ ލަންކާގެ މަސްބޯޓެއްކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއެވެ. މި ބޯޓު ފެނުނު ސަރަޙައްދުން މިހާތަނަށް އެއްވެސް މީހަކު ފެނިފައިނުވާކަމަށާއި އިތުރަށް އެ ސަރަޙައްދު ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 1:00ގައި ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާޚިލާފަށް ޙަރަކާތްތެރިވަމުންދާ ބޭރުގެ މަސްބޯޓުތައް ދަނީ ފެންނަމުންނެވެ. މީގެ ތެރޭގައި އަވަށްޓެރި ލަންކާގެ މަސްބޯޓުތަވެސް ދަނީ ފެންނަމުންނެވެ.