ޚަބަރު

ދެ އަހަރުގެ ކުއްޖާ ރޭފްކުރި ދެ މީހަކު ހައްޔަރުކޮށްފި


ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭފްކުރި މައްސަލާގައި އެ ކުއްޖާގެ މުނިކާފައާއި ކާފަ ހައްޔަރުކޮށްފިއެވެ.

ގއ ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭފްކުރި މައްސަލާގައި ހައްޔަރުކުރި ދެމީހުންނާޢި ބެހޭ މައުލޫމާތު ފުލުހުން އާއްމުނުކުރި ނަމަވެސް އެ މައްސަލާގައި ދެމީހަކު ހައްޔަރުކުރިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން 81 އަހަރުގެ ފިރިހެނަކާޢި 62 އަހަރުގެ ފިރިހެންނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި އިތިރު މީހެއްގެ މައްޗަށްވެސް އާއްމުން ތުހުމަތުކުރެއެވެ. އެއީ އެ ކުއްޖާގެ ބައްޕައެެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލަ ތަހުޤީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ދަނީ ކަނޑުހުޅުދޫގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލާގައި ހިމެނޭ ދެ އަހަރުގެ ތުއްތު ކުއްޖާ ހުރީ މިވަގުތު ހުރީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.