ޚަބަރު

ސުޕްރީމް ކޯޓުގެ ހުކުމް ލިޔުއްވާ ފަނޑިޔާރު އެނގޭނެ ގޮތައް ރިޕޯޓް ހާމަކުރަނީ


މައްސަަލައެއްގެ ޙުކުމް ލިޔުއްވާ ފަނޑިޔާރަކީ ކޮބައިކަން އެނގޭނެގޮތައް މައްސަލަ ނިންމިގޮތުގެ ރިޕޯޓް ހާމަކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި، ޖަޖްމަންޓް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއްކަމާއި، އެހެން ފަނޑިޔާރެއްގެ އިތުރު ރައުޔެއް ނުވަތަ ފާހަގަކުރައްވާ އިތުރުކަމެއް އޮތްނަމަ އެކަމެއް ވަކިވަކިން އެނގޭނެ ގޮތަކަށް ރިޕޯޓުގެ ފޯމެޓް ބަދަލު ކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ޢަމަލުކުރާނީ ސުޕްރީމް ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން މިވަގުތު ޙުކުމް ކުރުމަށް ތާވަލު ކުރެވިފައިވާ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައެވެ.

ސްޕްރީމް ކޯޓުން އިއްވާ ޙުކުމްތަކުގައި ތަފާތު ރައުޔު ނެރުއްވާ ފަނޑިޔާރުންގެ ރައުޔާއި އެ ފަނޑިޔާރުންގެ ނަން މީގެ ކުރިން ހިމަނާފައިވީނަމަވެސް އަޣްލަބިއްޔަތުން ނެރޭ ޙުކުމްތަކުގައި އެ ރަޢުޔު ލިޔުއްވި ފަނޑިޔާރުގެ ނަން ހިމަނާފައެއް ނުވެއެވެ.