ކުޅިވަރު

ބީޖީ ފުޓްސެލް ޗެލެންޖްގެ ސެމީއަށް ތިން ޓީމް ދަތުރުކޮށްފި


ބީޖީ ފުޓްސެލް ޗެލެންޖްގެ ސެމީފައިނަލުން ތިން
ޓީމެއް ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރާއި މިރޭ ކުޅުނު މެޗުތަކަށްފަހު ސެމީފައިނަލުން
ޖާގަ ހޯދާފައިވަނީ އެމް.ޕީ.އެލްއާއި، އަލްޓްރާއާއި ޔުނައިޓެޑް ބީ.އެމް.އެލްއެވެ.

 އެމްޕީއެލް ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި ނެކްސްޓް ލެވެލް
ޕްރައިވެޓް ލިމިޓެޑާއި ވާދަކޮށް ދިހަ ލަނޑު ތިން ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ އިސްމާއީލް އީސާއެވެ. އަލްޓްރާ ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި ދޭއް އެކަކުން އެސް.ޓީ.އޯ
ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަލީ ހައިޝަމްއެވެ. ޔުނައިޓެޑް ބީ.އެމް.އެލް
ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި ކްލަބް އިމިގްރޭޝަންއާއި ވާދަކޮށް
ތިން ލަނޑު އެއް ލަނޑުން މެޗު ކާމިޔާބުކޮށްގެން. މެޗުގެ މޮޅު ކުޅުންތެރިއަކީ
ބީ.އެމް.އެލްގެ މުޙައްމަދު ނާޝިދުއެވެ.

 މިރޭ ކުޅެން އޮތް ކްއާޓަރގެ ފަހު މެޗު ވިއްސާރައިގެ
ސަބަބުން ވަނީ ކުރިއަށް ނުގެންދެވިފައެވެ.