ޚަބަރު

މާދަމާރޭ ފުރިހަމަ ހަނދުކޭތައެއް ހިފަނީ - ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދުކުރާނެ


މާދަމާރޭ ފުރިހަމަ ހަނދުކޭތައެއް ހިފާނެކަމަށް ފަލަކީ ހިސާބުން ދައްކާކަމަށާއި މިހަނދު ކޭތަ ރާއްޖެއަށް ފެންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

މާދަމާރޭ ރާއްޖެގަޑިން 10:07 ގައި ހިފަންފަށާ މިހަނދުކޭތަ މެންދަމު 02:12އާއި ހަމައަށް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 12:10 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންނާތީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭ މެންދަމު 12 ޖަހާއިރު ކޭތަ ނަމާދުކުރުން އޮންނާނެކަމަށެވެ. މިއީ 2020 ވަނަ އަހަރު ހިފާ ފުރަތަމަ ކޭތައެވެ.