އަމިއްލަ ފަރާތަކުން ނ ކެނދި ކުޅުދޫގައި އިމާރާތް ކުރި މިސްކިތް މަސްޖިދުލް ރަޙުމާ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީޙް ހުޅުއްވައި ދެއްވައިފިއެވެ.
އެމިސްކިތް ހުޅުއްވައި ދެއްވާފައި ވަނީ މިއަދުގެ އަޞުރު ނަމާދު ވަގުތުގައި،،މި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް 9 މަސް ދުވަހުގެ ތެރޭގައި ނިންމާފައި ވާއިރު، މިދިޔަ އަހަރު އެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީވެސް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
550 މީހުންގެ ޖާގައިގެ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ގޮތަށްވެސް ވަކިން ބައެއް ޚާއްސަކޮށްފައިވޭ،،
މިއީ ނ ކެނދިކުޅުދޫގައި ހުޅުވުނު 5 ވަނަ މިސްކުތް،،
މިސްކިތް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމުހޫރިއްޔާ ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައި،،