ޚަބަރު

ދ.އަތޮޅު އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި


ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓް ޓް ޢަބްދުއްރައްޒާޤު މުޙައްމަދު ސަސްޕެންޑް ކޮށްފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް އަބްދުއް ރައްޒާޤު ސަސްޕެންޑްކުރީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީޢަތަށް، ޢަބްދުއްރައްޒާޤް ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ، ސޮއިއަކީ ފޯޖްކޮށްފައިވާ ސޮއިއެއް ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން އެންގުމާ ގުޅިގެންނެވެ.

ފުލުހުން ބަލަމުންދާ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަބްދުއް ރައްޒާޤުގެ ސުލީކީ މައްސަލައެއް ބަލަން ނިންމައި އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.