ކުޅިވަރު

ފ.އަތޮޅުގެ އެންމެ ބޮޑު ފުޓްސެލް މުބާރާތް އަންނަ ބުދަ ދުވަހު


ފ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް
އަންނަ ބުދަ ދުވަހު ފަށަން ނިންމައިފިއެވެ. ބިލެއްދޫ ޔޫތް ޖެނެރޭޝަނުން އިންތިޒާމްކުރާ
މުބާރާތް އޮންނާނީވެސް ބިލެއްދޫގައެވެ. ނަމަވެސް ބާރަ ޓީމް ވާދަކުރާ މުބާރާތުގެ
ގުރުއަތުލުން ބޭއްވީ ރޭ މާލޭގައެވެ.  

މުޅި
އަތޮޅަށް ހުޅުވާލި މުބާރާތުގައި މިއަހަރު ޓީމްތައް ބައިވެރިވެފައިވަނީ  ނިލަންދޫ، ދަރަނބޫދޫ، އަދި ބިލެއްދޫންނެވެ. މުބާރާތުގެ
ޗެމްޕިއަން ޓީމަށް ކަނޑައެޅިފައިވަނީ ފަނަރަ ހާސް ރުފިޔާއެވެ. މުބާރާތް އޮންނާނީ
މިމަހުގެ ފަނަރައިން ތޭވީހަށެވެ. 

މިއީ މިމުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ.