ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅައިފިއެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކޯޓުގެ އިސްފަނޑިޔާރު ޗުއްޓީ ދަތުރުފުޅެއްގައި މާލޭއަތޮޅު މާފުށީގައި ހުންނަވަނިކޮށް މަރުގެ އިންޒާރުދީފައިވާކަމަށެވެ. އަދި އެމައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންވެސް ވަނި ހައިކޯޓުގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރުދިން މައްސަލަ ބަލައިދިނުމަށް އެ އިދާރާއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
މީގެ އަހަރުތަކެއް ކުރިން އައްޑޫ ސިޓީގައި ހުންނަވަނިކޮށް ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދިން ކަމަށް ބުނާ މައްސަލައެއްވެސް އޭނާ ގެ ފަރާތުން ހުށައެޅުއްވިއެވެ.