ކުޅިވަރު

ބާސްކެޓް ޓީމާއި ހޭންޑްބޯޅަ ޓީމަށް ރާއްޖެ ނާދެވި ދިއްލީ އެއަރޕޯޓުގައި ތާށިވެފައި


13 ވަނަ ސާފު ގޭމްސްގައި ވާދަކުރި ރާއްޖޭގެ ބާސްކެޓް ޓީމާއި ހޭންޑް ބޯލް ޓީމް އަދި މީޑިއާ ޓީމު ދިއްލީ އެއާޕޯޓުގައި ނުފުރި ތާށިވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ބާސްކެޓުގެ އަންހެން އަދި ފިރިހެން ޓީމާއި ހޭންޑް ބޯލްގެ އަންހެން ފިރިހެން ޓީމާއި މީޑިއާ ޓީމާއި އެކު ޖުމްލަ 71 މެމްބަރުން ތިބީ ރެއިން ސުރެ ދިއްލީ އެއާޕޯޓުގައި ތާށިވެފައެވެ.

" އެއަރ ލައިނުން ފުރަތަމަ އެންގީ، ނުފުރި ލަސްވަނީ ފްލައިޓަށް މައްސަލައެއް ދިމާވެގެން ކަމުގައި. އޭގެ ފަހުން ބުނީ ފްލައިޓް ކެންސަލްވީއޭ. މިހާރު ބުނަނީ މިރޭ ފުރޭވަރުކޮށްދޭނަމޭ. ކާއެއްޗެއްވެސް ލިބުނީ ދެންމެ" ސާފު ގޭމްސް ކަވަރު ކުރުމަށް ރާއްޖެއިން ނޭޕާލަށް ދިޔަ ޓީމުގައި ހިމެނޭ ޕީއެސްއެމްގެ ޖާނަލިސްޓް މައުލޫމާތުދިނެވެ.

ދިއްލީން މާލެއަށް ޓީމު އައުމަށް ހަމަޖެހިފައި އޮތީ ޔޫއެލް ފްލައިޓް 198 ގައެވެ. ޓީމުތައް ކަތުމަންޑޫއިން ދިއްލީއަށް ގޮސްފައިވަނީ އިއްޔެ ހަވީރު 4:30 އެހާކަންހާއިރުއެވެ.

17 ގަޑިއިރަށް ވުރެ ގިނައިރު ޓީމުތައް ދިއްލީ އެއާޕޯޓުގައި ތާށިވެފައި ތިބި އިރު އެއާލައިނުން އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދާކަމަށާއި އެކުޅުންތެރިން އަރާމުކުރަން ހޮޓަލެއް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ހަމަޖެހޭ ގޮތް ނުވާކަމަށްވެސް ޓީމުތަކުން ބުނެއެވެ.

ދިއްލީ އެއަރޕޯޓުގައި ތާށިވެފައިތިބި ޓީމްތަކުގެ ތެރޭގައި ހިމެނޭ އަންހެން ބާސްކެޓްބޯޅަ ޓީމުންވަނީ މިފަހަރުގެ ގޭމްސްގައި ލޯ މެޑަލް ހޯދާފައެވެ.