ވިޔަފާރި

ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ހުޅުވައިފި


ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އައްޑޫ ސިޓީގައި ތަރައްޤީކުރި ސައުތު ޕާމް ރިސޯޓު މޯލްޑިވްސް ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑު އަތޮޅު އިސްމެހެލާ ހެރާގައި ތަރައްޤީކުރި ސައުތް ޕާމް ރިސޯޓަކީ 240 ވިލާއާއެކު ތަރައްޤީކުރި ރިސޯޓެކެވެ. އޭގެތެރޭގައި 110 ވޯޓަރ ވިލާއާއި 30 އޯޝަން ވިލާއާއި ވަކި 70 ކޮޓަރި ހިމެނޭއިރު މީގެ ތެރެއިން 130 ވިލާއަކީ ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރި ވިލާތަކެވެ. އަދި ބާކީ 110 ވިލާއަކީ ރިސޯޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރެވިގެންދާނެ ވިލާތަކެކެވެ.

މި ރިސޯޓާއެކު އިސްމެހެލާ ހެރައާ ކައިރީގައި އޮންނަ ކެޑެވާހެރައާއި މި ރިސޯޓާއި ބްރިޖަކުން ގުޅާލައި ދެރަށުގައި ވެސް މޫދުކޮޓަރި ތަރައްޤީކުރެވިގެންދާނެކަމަށް ރިސޯޓު ހިންގާ ސައުތު ޕާމް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ސައުތު ޕާމް މޯލްޑިވްސް ރިސޯޓު ތަރައްޤީކުރަން ފެށީ 2017 ވަނަ އަހަރުއެވެ. މި ރިސޯޓާއެކު އައްޑޫގައި ހިންގާ ރިސޯޓުތަކުގެ އަދަދު ހަތަރަކަށް އަރާނެއެވެ.

އައްޑުގައި މި ވަގުތު ހިންގަނީ ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ ރިސޯޓާއި ހެރަތެރޭގައި ހިންގާ ކޭނަރީފް މޯލްޑިވްސް އަދި ގަމުގައި ހިންގާ އީކުއޭޓާ ވިލެޖް ރިސޯޓެވެ.