ކުޅިވަރު

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 6 ވަނަ ފަހަރަށް މެސީ ހޯދައިފި


ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑީއޯ އެވޯޑް 6 ވަނަ ފަހަރަށް ބާސެލޯނާގެ ލަޔޮނަލް މެސީ ހޯދައިދިއެވެ.

މިއީ ފްރާންސްގެ ފުޓްބޯޅަ މެގަޒިނުން ނޫސްވެރިންގެ މެދުގައި ވޯޓުލައިގެން ހޮވާ މަގާމު އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަނަށް ލިބުނު 6 ފަހަރަށްވާއިރު، މިއީ ރެކޯޑެކެވެ. މީގެ ކުރިން މި އިނާމް އެންމެ ގިނައިން ހޯދާފައިވަނީ މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް މި އިނާމް ހޯދާފައިވަނީ ފަސް ފަހަރުއެވެ.

އުމުރުން 32 އަހަރުގެ މެސީ ބުނީ އޭނާ އަށް މިއިނާމް ލިބުމަށް ވޯޓުދިން ހުރިހާ ނޫސްވެރިންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މިއީ އޭނާއަށް ކުދިން ލިބުނު ފަހުން ބެލޮންޑީއޯ ލިބުނު ފުރަތަމަ ފަހަރު ކަމަށާއި މިހެންވެ މި ކާމިޔާބީ އަކީ ތަފާތު އިހުސާސްތަކެއް ކުރެވުނު ކާމިޔާބީއެއް ކަމަށް މެސީ ބުންޏެވެ.

މެސީ އަށް މި އިނާމް ލިބުނުއިރު ދެ ވަނަ އަށް ދިޔައީ ބާސެލޯނާ ބަލިކޮށް ޗެމްޕިއަންސް ލީގު ފައިނަލަށް ގޮސް ތަށި ހޯދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކެވެ. ތިން ވަނަ އަށް ރޮނާލްޑޯ ދިޔައިރު، އޭނާ މި ހަފުލާއަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހޯދިއިރު، އަންހެން ކުޅުންތެރިޔާ އަށްދޭ ބްލޮންޑީއޯ ހޯދީ އެމެރިކާގެ މޭގަން ރަޕިނޯއީއެވެ.