ކުޅިވަރު

ޑެމްބެލޭ 10 ހަފުތާއަށް ކުޅުމާ ދުރަށް


ބާސެލޯނާގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ 10 ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މީގެ ސަބަބުން ފްރާންސްގެ ޒުވާން ފޯވަޑަށް ޑިސެމްބަރު 18 ވަނަ ދުވަހު ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ނުކުޅެވޭނެ އެވެ. ޑެމްބެލޭއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އޭނާގެ ކުރީގެ ކުލަބު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ކުޅެނިކޮށެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާއާ ގުޅުނު ޑެމްބެލޭއަށް ގާތްގާތުގައި އަނިޔާވެ އޭނާގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ބާސެލޯނާއަށް ހިފެމުންނުދެ އެވެ. މިހެންވެ އޭނާ ވިއްކާލުމަށް ބާސެލޯނާއިން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ.