ޚަބަރު

ސުއިއްޕެއް ފެނިގެން "ފިޒީ އެޕަލް ޑްރިންކް" ވިއްކުން މަނާކޮށްފި


ރާއްޖެއަށް އެތެރެކޮށް ވިއްކާ "އެޑަމްސް މޯޖޯ ފިޒް" ބްރޭންޑްގެ "ފިޒީ އެޕަލް ޑްރިންކް" ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރޮޓީން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ފިޒީ އެޕަލް ޑްރިންކް" ރާއްޖޭގައި ވިއްކުން މަނާކުރީ ގެ ބެޗް ނަންބަރު ޕީ.ކޭ.ޑީ 020819 ބީ. 0202 ޖޫސް ފުޅިއެއްގެ ތެރެއިން މަރުވެފައިވާ ސުއިއްޕެއް ފެނިފައިވާކަމަށެވެ. އެހެންކަމުން މި ބެޗް ރީކޯލްކޮށް މި ޕްރޮޑަކްޓްގެ ރައްކާތެރިކަން ދެނެގަތުމަށްޓަކައި ތަފާތު ބެޗްތަކުން ސާމްޕަލް ނަގާ އިތުރަށް ޗެކް ކުރަމުންދާކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މި ޕްރޮޑަކްޓްތައް ވިއްކުން މަނާކޮށް ބޭނުން ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.