ވިޔަފާރި

މުނި ހޯމްކެއަރގެ އިޔަރ އެންޑް ސޭލް ފަށައިފި


ބޮޑަތި ޑިސްކައުންޓްތަކާއިއެކު މުނި ހޯމްކެއަރ އިން އިޔަރ އެންޑް ސޭލް ފަށައިފިއެވެ.

މި ހިނގާ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސޭލް ކުރިޔަށްދާނީ މުނި ހޯމްކެއަރ ލިވިންގ ސެންޓަރ، މުނި ޓްރޭޑާރސް، ފަރުނީޗަރ ސެންޓަރ އަދި ހުޅުމާލޭގަ ހުންނަ މުނި ހޯމްކެއަރ ސޭލްސް ސެންޓަރުގައެވެ.

ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު މުނި ހޯމްކެއަރ އިން ކުރިއަށްގެންދާ އިޔަރ އެންޑް ސޭލް އަކީ ތަފާތު ވައްތަރުގެ ފަރުނީޗަރ އާއި ގެދޮރު އިމާރާތްކުރާ އަދި ޒީނަތްތެރިކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފަސޭހަކަމާއިއެކު ބޮޑެތި ޑިސްކައުންޓުތަކަކާއި އެކު ވަރަށްވެސް ހެޔޮ އަގުތަކެއްގައި ލިބެންހުންނަ ސޭލްއެކެވެ.

ޔޫރަޕްގެ ނަން މަޝްހޫރު އެންމެ އިތުބާރުކުރެވޭ ވަރުގަދަ ބްރޭންޑްތަކާއިއެކު މުނި ހޯމްކެއަރއިން ވިއްކަމުން އަންނަ ބަދިގޭ ކަބަޑް ސެޓާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމައިޒްކޮށްލަދޭ ރީތި އަލަމާރިތަކަކީ ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިފާ ތަކެއްޗެވެ. މީގެ އިތުރުން ކޮލިޓީ އޮފީސް ފަރުނީޗަރ ވެސް މުނި ހޯމްކެއަރ އިން ހެޔޮ އަގުތަކެއްގައި ލިބެންހުރެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފަރުނީޗަރ ވިއްކަމުން އަންނަ މުނި ހޯމްކެއަރ އަކީ އެކި ކޮލިޓީގެ ފަރުނީޗަރ އަބަދުވެސް އެންމެ ހެޔޮ އަގުތަކުގައި ކަސްޓަމަރުންނަށް އިތުބާރާއިއެކު ފޯރުކޮށްދެމުން އަންނަ މުޅި ރާއްޖެއަށް ވެސް ނަން މަޝްހޫރު ކަސްޓަމަރުންގެ އިތުބާރުލިބިފައިވާ އެއް ފިހާރައެވެ.