ޚަބަރު

ނިއު ދިއްލީއަށް ކުރިމަތިވި ވައި ތަޣައްޔަރުވުމުވެ މައްސަލައަށް ބޮޑު ޙައްލެއް ލިބިއްޖެ


އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރިމަތިވެފައިވާ ވައި ތަޣައްޔަރުވުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިއްޖެއެވެ.

މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ނިއު ދިއްލީއަށް ކުރިމަތިވި ވައި ތަޣައްޔަރުވުމުގެ މައްސަލައަށް ޙައްލު ލިބިގެންދިޔައީ ބާރުގަދަ ވަޔާއެކު ދުންތައް ސާފުވެ، ޖައްވުގައިވާ ކުނޑިތަކާއި އެނޫންވެސް ވިހަ މާއްދާތަކުން ޖައްވު ވަރަށް ބޮޑަށް ސާފުވެގެން ދިއުމުންނެވެ. މިއާއެކުވެސް ނިއު ދިއްލީގެ ވައިގެ ކޮލިޓީ އަދިވެސްވަނީ ސިއްޙީގޮތުން އެންމެ ރަގަނޅު ޙާލަތުގައި ނޫންކަމަށް އެ ސިޓީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެއެވެ.

ނިއު ދިއްލީގެ ރައްޔިތުން ހޯމަދުވަހު ބުނެފައިވަނީ އެކަށީގެންވާ ވަރަށް ވައި ސާފުވުމާއެކު އެތައް ދުވަހެއް ފަހުން ހަމަނޭވައެއް ލެވިއްޖެކަމަށާ އެކަމާމެދު ހިތްހަމަޖެހޭކަމަށެވެ.

މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ނިއު ދިއްލީއަށް ދުމުގެ މައްސަލަ ކުރިމަތިވެ އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވީ އަވަށްޓެރި ޕަންޖާބާއި ހަރިޔާނާގެ ދަނޑުތަކުގެ ހުއިތައް އެންދުމަށް ރޯކުރި އަލިފާނުގެ ސަބަބުންކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.