ޚަބަރު

އަތްތެރި މަސައްކަތުގެ މައުރަޒުން ހއ. އަތޮޅަށް އުފާވެރި ވަނަތަކެއް


މި ނޮވެމްބަރ މަހުގެ 22 ން 29 އަށް ކުރިއަށްދާ ދިވެހި މަސައްކަތްތެރިކަމުގެ މަޢުރަޒުން ހއ. އަތޮޅަށް ވަނައެއް ލިބިގެން ހިނގައްޖެއެވެ. މަޢުރަޒުގައި ބައިވެރިކުރި ލަކުޑިން އުފައްދާފައިވާ ތަކެތީގެ ބައިން ރާއްޖޭގެ އަތޮޅުތަކުން އެއްވަނަ ލިބުނީ ހއ. އަތޮޅަށެވެ. އަދި ލަކުޑީގެ ބައިތަކާއި ތެދުއުއި ވަޑާމުގެ ބައިތަކުންވެސް ހއ. އަތޮޅަށް ފަޚުރުވެރި ވަނަތަކެއް ލިބިފައިވެއެވެ.
ލަކުޑީގެ ބައިން ތަކެތި އުފެއްދުމާއި ތެދުއި ވަޑާމުގެ ބައިން މުޅި ރާއްޖެއިން އެއްވަނަ ލިބިފައިވަނީ، ޔުނިވަރސިޓީ، ސްކޫލް ، މަދްރަސާތަކުން ހއ. އިހަވަންދު. އަދި ތެދުއުއި ވަޑާމުގެ ބައިން މުޅި ރާއްޖެއިން ދެވަނަ ލިބިފައިވަނީ ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ.
މި މަޢުރަޒުގައި ލަކުޑިން ބައިވެރިކުރި ތަކެތީގެ ތެރޭގައި އުޅަނދުފަހަރާއި ސަފާރީއާއި ލިއެލާޖެހި ތަކެތި ހިމެނެއެވެ.