މުނިފޫހިފިލުވުން

"ނޮވެމްބަރ"ގެ ސެޓުން ވަޖީހުގެ ދަރިފުޅު ތަރީޝް

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމަކީ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިންގެ "ނޮވެމްބަރ" އެވެ. މި ފިލްމުގެ ޝޫޓިންތައް މިދިޔަ ސެޕްޓަމަބރު މެހު ފެށުމަށް ފަހު ޒުވާން ޕްރޮޑަކްޝަން ޓީމުން އަންނަނީ ފިލްމުގައި ހިމެނޭ ކާސްޓުން މަޑުމަޑުން ދައްކާލަމުންނެވެ.

ޑާކްރެއިންގެ ޓީމުން އަނެއްކާވެސް މި ވަނީ މި ފިލްމުގައި މުހިއްމު ދައުރެއް އަދާކުރާނެ ތަރިއެއް ދައްކާލާފައެވެ. ފިލްމީ ދާއިރާއަށް މުޅިން އާ މޫނެއް ނަމަވެސް އެކްޓިންގެ ހުނަރު އާ ނުވާނެކަން މި ތަރީގެ ނަމުންވެސް އެނގެއެވެ.

"ނޮވެމްބަރ" ގެ ޝޫޓިންތައް މިހާރު ސިންގަޕޫރްގައި ކުރިޔަށްދާއިރު މި ފިލްމުގެ މުހިއްމު ރޯލަކުން ރާއްޖޭގެ ލެޖަންޑްރީ އެކްޓަރ އިސްމާއިލް ވަޖީހުގެ ދަރިފުޅު ތަރީޝް އިސްމާއިލްވެސް ފެނިގެންދާނެކަން މިހާރު މިވަނީ ޔަޤީންވެފައެވެ. ތަރީޝް ފެނިގެންދާނީ ފިލްމުގެ ކޮން ރޯލަކުން ކަމެއް ނޭގުނަސް ތަރީޝްގެ އެކްޓިން ބަލާލަން ބޭނުންވާ އެތައް ބަޔަކު ތިބޭނެއެވެ. ތަރީޝްގެ އިތުރުން އޭނާގެ ބައްޕަ އިސްމާއިލް ވަޖީހުވެސް މި ފިލްމުގައި ފެނިގެންދާނެއެވެ.

ލޯބީގެ މި ފިލްމުގެ ވެސް ލީޑް ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަގްބޫލު ޖޯޑު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާއެވެ. މި ދެތަރިންގެ އިތުރުން އައިޝަތު ޔާދާވެސް ކާސްޓުންގެ ތެރޭގައި ފެނިގެންދާނެކަމަށް ޑާކްރެއިން ބުނެއެވެ. އަދި މީގެއިތުރުން ފިލްމުން މަޝްހޫރު ޕްރެޒެންޓަރ މުސާ ވަސީމާއި މަޝްހޫރުލަވަކިޔުންތެރިޔާ މޭނާ ހައްސާނުގެ ވެސް ރޯލެއް މި ފިލްމުގައި ހިމެނެއެވެ.

އައިޝަތު ފުއާދާއި އަހްމަދު ތޮލާލްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ މި ފިލްމްގެ ޝޫޓިން ފަށާފައިވަނީ މާލޭގައެވެ. މިހާރު ފިލްމުގެ ޝޫޓިންތައް ކުރިޔަށް ދަނީ ސިންގަޕޫރްގައެވެ. މީގެއިތުރުން ފިލްމުގެ ބައެއް މަންޒަރުތައް އަތޮޅުތެރޭ ބައެއް ރަށްރަށުގައިވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

"ނޮވެމްބަރު"ގެ ޑައިރެކްޓަރަކީ މިހާރު ރާޢްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާ މޮގާ އަދި އައިޝަތު ފުއާދެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މެދުކެނޑުމެއްނެތި 13 އަހަރު ޚިދުމަތްކޮށްފައިވާ ޑާކްރެއިންއިން ވަނީ މިދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ބެލުންތެރިންގެ މެދުގައި މަޤުބޫލު ފިލްމްތަކެއް ސްކްރީނަށް ދޫކޮށްލާފައެވެ.

"ނޮވެމްބަރ" ގެ އިތުރުން ބެލުންތެރިންނާއި ހަމައަށް ފިލްމްތަކެއް ގެނެސްދިނުމުގެ ޑާކްރެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން "ބަޅިދު" އަދި "ބައިސާ"ގެ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.