ޚަބަރު

ހަތްވަނަ ފަންގިފިލާގެ ލިފްޓް ގޮޅިން ވެއްޓުނު މިހާއަށް ބޮޑެތި އަނިޔާތަކެއް


މާލޭގެ ގެއެއްގެ ހަތްވަނަ ފަންގިފިލާގެ ލިފްޓް ގޮޅިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު 15:33 އެހާކަންހާއިރު ކަމަށާއި މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ.

މި މިހާ ލިފްޓު ގޮޅިން ވެއްޓުނީ އެގޭގެ ހަތްވަނަ ފަންގިފިލާއިން ތިރިއަށް ދޮންނަ މެޝިނެއް ބާލަން މަސައްކަތްކުރަމުންދަނިކޮށްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށާއި މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.