ޚަބަރު

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ވޯޓްލުން ކުރިޔަށް ދަނީ


ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާޢްވާ އިންތިޚާބުގެ ވޯޓްލުން ފަށައިފިއެވެ.

ޕާޓީގެ ރަޢީސްކަމަށް ވާދަކުރައްވަނީ އެ މަޤާމުގައި މިހާތުވެސް ހުންނެި ކުީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ޕާޓީގެ ނައިބު ރައީސްކަމަށް ދެ ބޭފުޅަކު ވާދަކުރައްވައެވެ. އޭއީ މި ހާރުވެސް އެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒާއި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

މި އިންތިޚާބުގެ ވޯޓްލުން ކުރިޔަށްދަނީ މިއަދު މެންދުރު 14:00 ފެށިގެން އިރުއޮއްސި 18:00ގެ ނިޔަލަށެވެ. މި އިންތިޚާބުގައި 87439 މެމްބަރުންނަށް ވޯޓްލުމުގެ ހައްގުލިބިފައިވާކަމަށް އެމްޑީޕީން ބުނެއެވެ. މާލޭގައި ވޯޓްލުން ކުރިޔަށް ދަނީ އިސްކަންދަރު ސްކޫލްގައެވެ. މީގެއިތުރުން މާލެ ހުޅުމާލެ ވިލިގިނލިގައި ހުންނަ އެމްޑީޕީ ހަރުގޭގައިވެސް ވޯޓް ފޮށި ބަހައްޓާފައި ހުންނާނެއެވެ.

ރާޢްޖެއިން ބޭރުގައ ވޯޓް ފޯށި ބަހައްޓާފައިވަނީ ލަންކާގައެވެ. އޭގެއިތުރުން 87 ދާއިރާއެއްގައި ވޯޓް ފޮށި ބަހައްޓާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.