ޚަބަރު

އައިޖީއެމް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕް ފަށައިފި


އައިޖީއެމް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕް އެހޮސްޕިޓަލުގައި ފަށައިފިއެވެ. އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ސްކޫލް ބައްދާދިމާކޮށް ޚީތާނުކުރުމުގެ ޕްރޮގްރާމަށް ޢާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މިނޮވެމްބަރު 21އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އައިޖީއެމް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕް ކުރިއަށް ގެންދާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ޚިތާނީ ކޭމްޕްގައި ބަންދުނޫން ކޮންމެ ދުވަހަކު 15 ކުއްޖަކު ޚިތާނުކުރުމަށް ހަމަޖެހިފައިވެއެވެ.

ސްކޫލް ބަންދާ ދިމާކޮށް ޚިތާނުކުރުމަށް އައޖީއެމްއެޗުގައި ކޮންމެ އަހަރަކުވެސް ޚާއްސަ ކޭމްޕެއް ކުރިއަށްގެންދެއެވެ. މިދުވަސްވަރު އެހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރާއި ޚިތާނީ ވޯޑުތައް ޚިތާނި މޫސުމައި ގުޅޭގޮތަށް ހުންނަނީ ޒީނަތްތެރިވެސް ކޮށްފައެވެ.