ކުޅިވަރު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލަށް އިބޫ އާއި ސްމައިލީ


އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހުސައިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުން ހުސައިން އަރީފް ޖާގަ ހޯދި ސެމީ ފައިނަލުގައި ވާދަކުރި ހީޓުން 2 ވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލުގައި އިބޫ ވާދަކުރީ މުބާރާތް ބާއްވާ ޗައިނާ އާއި ޖަޕާން އަދި ސްރީ ލަންކާގެ ސާފަރުންނާއެވެ.

ޗައިނާގައި ކުރިޔަށްދާ މި މުބާރާތުގެ ފައިނަލަށް އިސްމާއިލް ރަޝީދު ދަތުރުކުރީ ސެމީ ފައިނަލުގައި އޭނާ ވާދަކުރި ހީޓުގެ 2 ވަނަ ހޯދައިގެންނެވެ. އިސްމާއިލް ރަޝީދު (ސްމައިލީ) އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ސާފަރެވެ.

ހުސެއިން އަރީފް އާއި އިސްމާއިލް ރަޝީދު ވާދަކުރާ ފައިނަލް އޮންނާނީ މިއަދު އެވެ.

މުބާރާތުގައި ވާދަކުރުމަށް ހުސައިން އަރީފް އާއި އިސްމާއިލް ރަޝީދުގެ އިރުތުން އަޙުމަދު އާގިލްވެސް ވަނީ ގޮސްފައެވެ.