ޚަބަރު

ބަނގުރާ ބޭނުންކޮށް ޕާޓީކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި


ހުޅުމާލެ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނގި އޮޕަރޭޝަނުގައި 12 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މިރޭ 20:04 އެހާކަންހާއިރު ހުޅުމާލެ ޕޮލިހާއި އެސްއެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 12 މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަންހެނެކެވެ.

މި މައްސަލާގައި އަތުލައިގަތީ ކިހާ ބަނގުރާއެއްކަމެއް އަދި ހައްޔަރުކުރި މީހުންގެ މައުލޫމާތެއް ފުލުހުން އަދި އާއްމެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.