ޚަބަރު

ޑީކޯ ވި ދެ ދިވެހިންގެ ޙާލު ސްޓޭބަލް - އައިޖީއެމްއެޗް


ޑައިވް ކުރަނިކޮށް "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް” (ޑީކޯ) ވި ދެ ދިވެހިންގެ ޙާލު ސްޓޭބަލް ވުމުން ބަނޑޮސް މޯލްޑިވްސްގެ ޑީކޮމްޕްރެޝަން ޗެމްބަރަށް ގެންގޮސްފައިވާކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ބުނެފިއެވެ.

ޑީކޯވެގެން މިއަދު ހެނދުނު އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ 27 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެމީހުން އައިޖީއެމްއެޗްއަށް ގެނެސްފައިވަނީ ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ ޓުއީޓް

މި ދެ ދިވެހިންނަށް އެެންމެ އެކަށޭނަ ސިއްޙީ ފަރުވާ ލިބެމުންދާކަމުގެ ޔަޤީންކަން އައިޖީއެމްއެޗުން ވަނީ ދީފައެވެ. ޑައިވް ކުރަނިކޮށް ޑީކޯވި މި ދެ ދިވެހިންގެ ހާލު ދެރެވެގެން މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ރޭ މެންދަމު 3 ޖެހިއިރުއެވެ.