މުނިފޫހިފިލުވުން

ވިލް ސްމިތްގެ އަޑާއިއެކު "ސްޕައިސް އިން ޑިސްގައިޒް" އާ ޓްރެއިލަރ


ވިލް ސްމިތާއި ޓޮމް ހޮލެންޑް އަކީ އެކްޝަން ފިލްމުތަކުގެ އަސްލު ހީރޯއިންނެވެ. އެހެންނަމަވެސް މި ފަހަރު މި ދެ ތަރިންގެ އަޑު އިވިގެންދާނީ ދުނިޔެ ސަލާމަތްކުރަން ނުކުންނަ ކެރެކްޓަރ އަކުންނެވެ.

ޓްވެންޓިއަތް ސެންޗަރީ ފޮކްސްގެ އެނިމޭޝަން މޫވީ "ސްޕައިސް އިން ޑިސްގައިޒް" ލީޑު ރޯލުތަކަށް އަޑު އަޅާދީފައިވަނީ މި ދެތަރިންނެވެ.

ވިލް ސްމިތްގެ އަޑު އަޅާދީފައިވަނީ މި ކާޓޫންގައި ސުޕަރ ސްޕައި ސްޓާލިންއަށެވެ. ހޮލެންޑް އަަޑު އަޅަދީފައިވަނީ ސައިންޓިސްޓް ވޮލަޓަރ އަށެވެ.

ޓްވެންޓިއަތް ސެންޗަރީ ފޮކްސްއިން ވަނީ މި ފިލްމުގެ އާ ޕޯސްޓަރުތަކާއި ޓްރެއިލަރ އެއްވެސް އާއްމުކޮށްފައެވެ. ވިލް ސްމިތާއި ޓޮމްގެ އިތުރުން ދެ މި ކާޓޫނުން އިވިގެންދާ އަޑުތަކުގެ ތެރޭގައި ބެން މެންޑެލް ސޮން، ކަރެން ގިލަން ، ރާޝިދާ ޖޯންސް، ޑީޖޭ ހާލެދް އަދި މަސީ އޯކާ ހިމެނެއެވެ.

މީ ލޫކަސް މާޓެލްސްގެ ކުރު ފިލްމެއް ކަމަށްވާ "ޕިޖަން އިމްޕޮސިބަލް" އިން އިންސްޕަޔަރ ވެގެން ހަދާ ފިލްމެކެވެ. ޓްރޯއީ އާއި ނިކް ބްރޫނޯ ޑައިރެކްޓްކުރާ "ސްޕައިސް އިން ޑިސްގައިޒް"ސިނަމާތަކަށް އަންނާނީ ކްރިސްމަސްއާއި ދިމާކޮށް އަންނަ މަހުގެ 25 ވަނަދުވަހުއެވެ.